ނ. މާފަރު ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި އޮޓަމެޓިކުން ވެރިކަން ކުރާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ)އަށް ލިބިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާފަރުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާ މުއްދަތު ހަމަވި އިރު ކުރިމަތިލީ ހަމައެކަނި ޕީއެންސީން ކުރިމަތިލި ކެންޑިޑޭޓް ކަމަށެވެ.

އެއީ މާފަރުގެ ވައިލެޓް ގެ އާސިޔަތު އަލީ އެވެ.

އެހެންވެ އޮޓަމެޓިކުން އޭނާ އެ މަގާމަށް ހޮވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

ކައުންސިލްގެ އަންހެން މެމްބަރުން އިސްތިއުފާ ދިނުން ވަރަށް އާންމެވެ. އަދި ދޭތެރެ ދޭތެރެއިން އެ ގޮނޑިތަކުގެ ބައި އިލެކްޝަންސްތައް ބާއްވަ އެެވެ.

ނަމަވެސް އެ ގޮނޑިތަކަށް ކުރިމަތިލާ އަންހެނުންގެ އަދަދު ވެސް އެހާ މަދުކަމުން އޮޓެމެޓިކް މެމްބަރުން ދަނީ ހޮވެމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން