ސަރުކާރުގެ ކުންފުނިތައް ރިޕޯމްކުރަން ބޭރުގެ ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވޯލްޑް ބޭންކުން ލިބިފައިވާ އެހީގެ ދަށުން ސަރުކާރުގެ ކުންފުނިތައް ރިފޯމްކުރަން ބޭރުގެ ކަމާބެހޭ މާހިރެއް ބޭނުންވާ ކަމަށެވެ.

އަދި އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ސަރުކާރުގެ 32 ކުންފުނި އޮތްއިރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެ ކުންފުނިތަކުގެ ހާލަތު އޮތީ ބޮއްސުން ލައިގެން ގޮސްފައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެގޮތުން މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މި ސަރުކާރުގެ ކުންފުނިތަކުން އެކި މަސައްކަތްތައް ކުރުމަށް ފަހު އާންމުންނަށް ދޭން ޖެހޭ ނުވަ ބިލިއަން ރުފިޔާގެ ދަރަނި ނުދީ އޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެެވެ.

އޭގެ ތެރޭގައި ފެނަކަ އަދި މިފްކޯ ހިމެނެ އެވެ.

ރައްޔިތުންނަށް ކުންފުނިތަކުން ދޭން ޖެހޭ ފައިސާ ދީ ހަލާސް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މި ސަރުކާރުން ވަނީ ބުނެފަ އެެވެ.

ރާއްޖެއަށް ދިމާވެފައިވާ މާލީ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ ވަފުދެއް ވަރަށް އަވަހަށް އިނގިރޭސިވިލާތަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން