ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ވެސް ވެސް ކުރި އެރުން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަޢީސްއާ ސުވާލު ކުރުމަށް ހުޅުވާލައިފައިވާ ފުރުސަތުގެ ތެރެއިން ނ. މަނަދޫ، ހޭޅި، އައްޒާ އަބްދުލް ގަފޫރު އެހި ސުވާލެއްގައި ވަނީ ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވިސްގެ މުވައްޒަފުން މަތީ ތައުލީމު ހާސިލު ކުރި ނަމަވެސް މުސާރައަށް ކުރި އެރުން ނުލިބޭ ކަމަށް ބުނެފައެވެ.

އެހެންވެ އެކަމަށް ހައްލެއް ހޯދަން ބޭނުންވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ގިންތި ކޮށްފައި އޮންނަ ގޮތުން ކައުންސިލްތައް ހިމެނެނީ ސިވިލް ސާވިސްގެ އެންމެ ދަށް ފަންތީގައި ކަމަށެވެ.

އެހެން ނަމަވެސް ދެން މުސާރައިގެ އޮނިގަނޑު ހަދާއިރު އެކަމަށް ހައްލެއް ހޯދަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ދެން މިކަމުގައި ގާނޫނީ އިޝޫޒްތަކެއް މި އަންނަނީ. ސިވިލް ސާވިސްއާއި އެލްޖީއޭއާ ދޭތެރޭގައި ވެސް ހިޔާލުު އެއްގޮތް ނުކުރެވިފައި އޮތް ކަމެއް މިއީ ގާނޫނީ އިޝޫޒްތަކެއް ހުރީމަ. އެހެންވީމާ މަޖިލިސް ތެރެއިން ހައްލުކުރަން ޖެހޭ ގާނޫނީ ބައެއް މާއްދާތަކަށް ގެންނަން ޖެހޭ އިސްލާހުވެސް ހުރި ކަމެއް މިއީ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނަން ކައުންސިލްގެ ސިވިލް ސާވިސްގެ ސްޓާފުންނަށް ވަޒީފާގައި އުޅޭ އިރު ކިޔެވުމަށް ބޭސްކޮށް އަދި ދެން ބަލަން ޖެހޭ މިންގަނޑުތަކުގެ ތެރެއިން ވެސް ކުރިއެރުން ލިބޭނެ މަގުތައް ފަހިކޮށްދޭން އިރާދަ ކުރެއްވިއްޔާ." ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން