އީދު ނަމާދު ފަށާ ގަޑި އަވަސްކުރަން މަޝްވަރާކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާ މެދު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރަށްވައެވެ.

ރާއްޖޭގައި އީދު ނަމާދު މިހާރު ފަށަނީ ހެނދުނު 7:30 ގައެވެ.

އީދު ނަމާދު ފަށާގަޑި އަވަސް ކުރަން މަޝްވަރާ ކުރަން ފަށާފައިމިވަނީ މިހާރު އީދު ނަމާދު ފަށާ ގަޑި ލަސްކަމަށް ބުނެ އާންމުން ޝަކުވާ ކުރަމުން ގެންދާތީ ކަމަށް ބެލެވެއެވެ. ރާއްޖޭގައި ފިތުރު އީދާއި އަޟްހާ އީދު ބާއްވަމުން އަންނަނީ ބޮޑު ޖަމާއަތުގައިކަން ފާހަގަކުރެވެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން