ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މާދަމާ ހެނދުނު މާލެއިން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ދެގަޑިއިރަށް ކަމަށެވެ.

އެގޮތުން ހެންވޭރުގެ އަބަދަށްއުފާމަގު، ދޭލިޔާ ހިނގުން، ސޯސަންމަގު، ޖަނަވަރީމަގު އަދި ތުއްރަވަސް ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، ޚިދުމަތް މެދުކެނޑޭނީ 02 މާރޗް 2024 ވާ ހޮނިހިރު ދުވަހުގެ (މާދަމާ) ހެނދުނު 10:30 އިން 12:30 އާ ދެމެދުގެ ވަގުތު ތަކުގައެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން