ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާ ބައްދަލުކުރަށްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ބައްދަލުކުރަށްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ އެކި ޕްލޭންތަކާއި ގުޅޭގޮތުންނާއި އަދި ދާއިރާގެ ކުރިމަގާ ގުޅޭ ގޮތުން ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު ކަމަށް ފައިސަލް ވިދާޅުވިއެވެ.



މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއަރުވައި ވަރުގަދަކުރަން މިފަދަ މަޝްވަރާތައް ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަކީ ދިވެހި ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ކުރިއެރުމެއް ހޯއްދެވި އެއް ވިޔާފާރުވެރިއެވެ. ރާއްޖޭގެ ޓޫރިޒަމް ފެށިގެންދިޔުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން 10 ވަރަކަށް ރިސޯޓު އުއްޗު ހިންގަވައެވެ.

ރާއްޖެ އިން މި އަހަރު ވަނީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފާފައެވެ.

އެމްއެމްޕީއާރްސީން މިހާރު ވަނީ އެކިއެކި ފެއާތަކުގައި ރާއްޖެ ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން