އީދު ނަމާދު ފަށާ ގަޑި އަވަސްކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއްކަމަށް ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޒައިދު މިހެން ވިދާޅުވެފައިވަނީ އީދު ނަމާދު ފަށާ ގަޑި އަވަސްކުރަން މަޝްވަރާކުރަން މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އީދު ނަމާދު ޖަމާއަތް ފެށޭ ގަޑި އަވަސްކުރުމާ މެދު މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރަށްވައެވެ.

ރާއްޖޭގައި އީދު ނަމާދު މިހާރު ފަށަނީ ހެނދުނު 7:30 ގައެވެ. މި ގަޑިއަކީ ވަރަށް ހޫނު ގަދަ ތަކުލީފު ބޮޑު ވަގުތެއް ކަމަށް ޝައިހު އަލީ ޒައިދު ވިދާޅުވެފައިވެއެވެ.

"ހޫނު މަޑު، ސުންނަތުން ސާބިތު އެންމެ މާތް ވަގުތަކަށް އީދު ނަމާދު ކުރުން ބަދަލު ކުރުމަކީ ވަރަށް ގިނަބަޔަކު އިންތިޒާރު ކުރަމުންދާ ކަމެއް." ޒައިދު ފާހަގަކުރައްވާފައިވެއެވެ.



އީދު ނަމާދު ފަށާގަޑި އަވަސް ކުރަން މަޝްވަރާ ކުރަން ފަށާފައިމިވަނީ މިހާރު އީދު ނަމާދު ފަށާ ގަޑި ލަސްކަމަށް ބުނެ އާންމުން ޝަކުވާ ކުރަމުން ގެންދާތީ ކަމަށް ބެލެވެއެވެ. ރާއްޖޭގައި ފިތުރު އީދާއި އަޟްހާ އީދު ބާއްވަމުން އަންނަނީ ބޮޑު ޖަމާއަތުގައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން