ރޯދަ އިނާޔަތުގެ ގޮތުގައި މުސާރައިގެ އިތުރުން މުވައްޒަފުންނަށް 14000 ރުފިޔާ ދޭ ވާހަކަ އަކީ ދޮގެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުންނަށް 14000 ރުފިޔާ ދޭން އުޅޭ ކަމަށް ޝޯޝަލް މީޑިޔާގައި ވަނީ އަޑުފެތުރިފައެވެ. އެވާހަކަ ތަކާއި ގުޅިގެން "ރަސްއޮންލައިން" އަށް މިއަދު މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖަރ އެންޑް ކޯޕަރޭޓިވް ކޮމިއުނިކޭޝަން ޝައްމާން ޝާކިރު ވިދާޅުވީ އެހެން އަހަރު ތަކާއި އެއްގޮތަށް މިއަހަރު ވެސް އެކުންފުނީގެ މުވައްޒަފުންނަށް ރޯދަ ހަދިޔާ ދޭގޮތަށް ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރޯދަ އިނާޔަތުގެ ގޮތުގައި މުސާރައިގެ އިތުރުން 14000 ރުފިޔާ މުވައްޒަފުންނަށް ދޭ ވާހަކައަކީ ދޮގެއް ކަމަށް ޝައްމާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޯދަ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް ދޭ ހަދިޔާތަކުގެ މަައުލޫމާތު އަންނަ ހަފުތާ ތެރޭގައި މުވައްޒަފުންނާއި މީޑިޔާ އަށް ހާމަކުރާނެ ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި އެންމެ ކުޑަވެގެން 3،000ރ. ދޭންޖެހެއެވެ.

ސަރުކާރު މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިން އިރު ރޯދަ އިނާޔަތް ވެސް ވަނީ ޖަމާކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން