މާލެ ސަރަހައްދުގައި އަނދިރިކޮށް ހުރި ހުރިހާތަނެއް ދިއްލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެގޮތުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ތަންތަނުގެ ތެރެއިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަން ދިއްލާ އަލިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު އާޒިމް ވިދާޅުވީ އެ މަސައްކަތް ނިމޭއިރު އެއްވެސް ތަނެއް އަނދިރިކޮށް ނޯންނާނެ ކަމަށެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެތިން ހަފްތާތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވޭ ކަަމުގައި ވެސް އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ އަނދިރިކޮށް އޮންނަ ތަންތަނުގައި ޖިނާއީ ކުށްކުރުމާއި، އިޖުތިމާއީ މިންގަނޑާއި ޚިލާފު ކަންކަން ކުރަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން