އެހެން ގައުމުތަކަަށް ދިވެހިން ކާބޯތަކެެއްޗަށް ބަރޯސާވުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް މިއަދު ފެށުމާއި ގުޅިގެންނެވެެ. ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ އެއާ އެމްބިއުލާންސް ހިދުމަތަކީ އަސާސީ ކަންކަމުގައި އެއްވެސް ގައުމަކަށް ބަރޯސާނުވެ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެހެން ގައުމުތަކަށް ދިވެހިން ކާބޯތަކެއްޗަށް ބަރޯސާވުމަކީ ކޮންމެހެން ނިމުމެއް ގެންނަންޖެހޭ ކަމެއް ކަަމަށް ސިރާޖް ވިދާޅުވިއެވެ.

"އެހެން ގައުމުތަކަށް ދިވެހިން ކާބޯތަކެއްޗަށް ބަރޯސާވުން ނިމުމަކަށް ގެނައުމަކީވެސް ކޮންމެހެން ކުރަންޖެހޭކަމެއް، ރައީސް މުޢިއްޒު މި ހައްލުތަށް ގެނެސްދޭނެ." އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވި ސިރާޖް ވިދާޅުވިއެވެ.

ސަރުކާރުން ގެންދަނީ ރާއްޖެ އިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ފަށާފައެވެ. އެގޮތުން އަންނަ މަހުން ފެށިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަމިއްލަ އަށް ބަލަހައްޓަން ފަށަން ވަނީ ނިންމާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން