ސިއްހީ ކުއްލިފަރުވާއަށް ބޭނުންކުރާ އެއަރ އެމްބިއުލާންސްގެ އުޅަނދަކީ ސިއްހީ ކުއްލި ފަރުވާއަށް ހާއްސަ ވަސީލަތްތައް ގާއިމުކުރެވިފައިވާ އުޅަނދެއްކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މިއަދު ރާއްޖޭގައިވަނީ މުޅީންއަލަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާފައެވެ. ގައުމީ އެއަރލައިން މޯލްޑިވިއަންއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ހިދުމަތުގައި ބޭނުންކުރާ ބޯޓުގެ ފޮޓޯ ރޭ ވަނީ އާންމުކޮށްފައެވެ.

އެ ބޯޓަކ​ީ މީގެ ކުރިން ވެސް ބޭނުންކުރި ބޯޓެއްކަމުން އެކަމަށް ފާޑުކީ ފަރާތްތަކަށް ރައްދުދެމުން މޯލްޑިވިއަނުން މިއަދު ބުނީ، އެއަރ އެންބިއުލާންސަށް ބަދަލުކުރުމަށް ބޯޓަށް ބަދަލު ގެނައުމުގެ ކުރިން އެއީ ޝެޑިއުލް ދަތުރުތައް ކުރަމުން އައި ބޯޓެއް ކަމަށެވެ.

އަދި ބޯޓް ތައްޔާރުކުރެވިފައިވަނީ އެމަޖެންސީ ފަރުވާ އޭގައި ދެވޭ ގޮތަށް، މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށްގެން ކަމަށާއި އެ ކުންފުނިން މަތިންދާބޯޓު ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަން ދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމާތާއި ރައްކާތެރިކަމަށްކަން ޔަގީންކޮށްދޭކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

އެއަރ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށާފައިވާއިރު މި ހިދުމަތް ދިނުމަށް ތަމްރީނު ކުރެވިފައިވާ ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވާނެއެވެ.

އޭގެ ތެރޭގައި ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން