މިއަދު ރާއްޖޭގައި އަލަށް އިފްތިތާހުކުރި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރުގައި މިރޭ ފުވައްމުލަކަށް ދަތުރުކުރަން ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ބަލި މީހަކު މާލެ ގެނައުމަށްޓަކައި ވީއައިއޭއިން އެއާ އެމްބިއުލާންސަށް ބޭނުންކުރާ މަތިންދާބޯޓު މީގެ އިރުކޮޅެއް ކުރިން ވަނީ ފުވައްމުލަކަށް ދިޔުމަށް ދަތުރުފަށާފައިއެވެ.

އެފްލައިޓު ފުވައްމުލަކު އެއާޕޯޓައް ޖައްސާނި މިރޭ 23:10 ހާއިރުއެވެ.

ބަލިމީހާ މާލެ އަށް ގެނެވޭނެ ކަމަށް ލަފާކޮށްފައިވަނީ މިރޭ މެންދަމު 01:05 ހާއިރެވެ.

މިއީ މި ހިދުމަތް ފެށިފަހުން 24 ގަޑިއިރު ނުވަނީސް ކުރަންޖެހުނު ފުރަތަމަ ދަތުރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން