ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ފޮޓޯ:މަޖިލިސް
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ފޮޓޯ:މަޖިލިސް
ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުންތައް އެސެސްކޮށް ވިޔަފާރިތައް އަލުން އިޔާދަކުރުމަށް ސަރުކާރުން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

ޖާބިރުގެ ޤަރާރުގައި ވިދާޅުވީ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކަށް ކޮރޯނާ ވައިރަހުގެ ސަބަބުން އެ ވިޔަފާރިތަކުގެ އޮޕަރޭޝަން ހުއްޓި، ދިވެހި ސަރުކާރުން މި ދަނޑިވަޅުގައި ވިޔަފާރިތައް ކުރިމަތިވެފައިވާ ގެއްލުންތައް ފުރިހަމައަށް އެސެސްކުރަންޖެހޭކަމަށެވެ. އަދި މިކަން ކުމުގައި ސަރުކާރުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރަންޖެހޭ ކަންކަންކޮށް ވިޔަފާރުތައް އަލުން އިޔާދަކުރުމަށް ގޮވާލާފައިވެއެވެ.

މިޤަރާރުގައި 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުން އައިސް، ދުނިޔޭގެ ވައިގެބަނދަރުތައް ހުއްޓި ނިމިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ދިވެހިރާއްޖޭގެ ބޯޑަރުތައްވެސް ބަންދުކުރެވިގެން ދިޔަ މުއްދަތުގައި، 15 އެޕްރީލް 2020 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ވެރިރަށް މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވާކަން ވަނީ ފާހަނގަކޮށްފައެވެ.

"ފަތުރުވެރިކަމުގެ ސިނާޢަތުގެ ދަށުން ހިންގަމުންދާ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި، ސްވެނިއަރ ސޮޕަތަކުގެ އިތުރުން ދިވެހި އިޤްތިޞާދުގެ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ އެންމެހާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓާލުމަށް މަޖުބޫރުވެގެން ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް މިވަނީ ކުއްލި ލޮޅުމެއް އައިސް އިނދަޖެހިފައިވާ ޙާލަތެއްގަ. މި ވިޔަފާރިތަކަކީ ދިވެހި އެންމެހާ އާއިލާތަކާއި ގުޅިފައިވާ އަދި ޒަމާނުއްސުރެ މި ވިޔަފާރިތައް ކުރަމުންދާ ފަރާތްތައް ހާލުގައި ޖެހި، އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަދަ އަނދަވަޅަކަށް ދިވެހިރާއްޖޭގެ މި ވިޔަފާރިތަކުގެ ހާލަތު ވަނީ ގޯސްވެފަ." ޖާބިރުގެ ޤަރާރުގައި ވިދާޅުވިއެވެ.

އިޤްތިޞާދީ މިހައްސާސް ދަނޑިވަޅުގައި ދިވެހިރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހާ ސިނާޢަތްތަކުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގެއްލުންތައް އިއާދަކުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ޖާބިރުގެ ޤަރާރުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޖައުފަރު

03-Aug-2020

ތެދެއް ތިޔަބުނީ ސީދާ ކޮހެއް މޮޔައެއް ހަމަޖެހޭ މީހެއް ނޫން


-5

ޝަމާ

03-Aug-2020

ލޮލީ އަކީ ހަމަޖެހޭ މީހެއް ނޫން ސިޔާސީ މޮޔައެއް



ޓްރެންޑިން