އެމްޓިސީސީ ޓަވަރު، ފޮޓޯ:އެމްޓީސީސީ
އެމްޓިސީސީ ޓަވަރު، ފޮޓޯ:އެމްޓީސީސީ
މިދިޔަ ކުއާޓަރުގައި އެމްޓީސީސީން 75 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެން ގޮސް 14 މަޝްރޫއެއްގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އާއްމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން 75 މަޝްރޫޢެއްގެ ތެރޭގައި ބަނދަރު ހެދުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި މަގު ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ ތެރެއިން 14 މަޝްރޫއެއްގެ މަސައްކަތް ނިންމިފައިވާކަމަށެވެ.

އެމްޓީސީސީގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި 248 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. ކޮންޓްރެކްޓިންގގެ މަސައްކަތުން އެކަނި ވެސް 176 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދާފައިވެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީއަށް 354 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާބަލާއިރު، ދެވަނަ ކުއާޓަރގައި ލިބުނު އާމްދަނީ 30 އިންސައްތަ ވަނީ ދަށްވެފައެވެ.

ޓެކްސްއަށް ކެނޑުމަށްފަހު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 15 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު 53 މިލިއަން ރުފިޔާއާ އަޅާބަލާއިރު 71 އިންސައްތަ މަދު އަދަދެކެވެ. 2 ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރެއިން ކޮންޓްރެކްޓިންގ މަސައްކަތުން 176 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެމްޓީސީސީން 14 މަޝްރޫޢެއްގެ މަސައްކަތް ނިންމާލުމުގެ އިތުރުން، މިދިޔަ ކުއާޓަރުގައި އެމްޓީސީސީން ވަނީ އަައު 8 މަޝްރޫޢެއްގެ މަސައްކަތް ވެސް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން