ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ސްޓެލްކޯގެ މުވައްޒަފުން މަސައްކަތުގައި
ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ މާދަމާ ހެނދުނާއި މެންދުރުފަހު މާލޭގެ ދެ ސަރަހައްދަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑޭނީ މާލެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ހެނދުނާއި މެންދުރުފަހު ދެގަޑިއިރަށް ކަމަށެވެ.

އެގޮތުން ހެންވޭރުގެ މަޖީދީމަގާއި، ބޮޑުފުންގަނޑު މަގު، ލަންސިމޫ ގޯޅި އަދި ވައިޖެހޭ މަގު ހިމެނޭ ސަރަހައްދުން 03 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



މީގެ އިތުރުން، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަމުންދާތީ ހެންވޭރުގެ މަޖީދީމަގާއި، ދޭލިޔާ ހިނގުން ހިމެނޭ ސަރަހައްދުން އާދީއްތަ ދުވަހުގެ މެންދުރު ފަހު 14:00 އިން 16:00 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.



ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން