ޔާސިރު ޔަހްޔާ
ޔާސިރު ޔަހްޔާ
އައިޖީއެމްއެޗުގައި ސީރިއަސް ހާލުގައި އޮތް ޔަމަނުގެ ޔާސިރު ޔަހްޔާ މިއަދު މަރުވެއްޖެ އެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެމުން މީގެ ކުރިން ކަރެކްޝަނުން ބުނީ އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާ، އައިޖީއެމް ހޮސްޕިޓަލުން ޔަގީން ކޮށްދިނުމުން ބަޔާނެއް ނެރޭނެ ކަމަށެވެ. ޔާސިރްގެ އާއިލައިން ބުނީ ޔާސިރް ނިޔާވީ މިއަދު ހަވީރު 16:25 ހާއިރު ކަމަށެވެ. ޔާސިރް ހާލު ދެރަވެގެން އައިޖީއެމްއެެޗަށް ގެންގޮސް ފަރުވާދޭން ފެށީ ޖުލައި 21 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ޔާސިރު ޔަހްޔާގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދިޔައީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ޔާސިރު ޔަހްޔާގެ ވަކީލުން ވަނީ އޭނާގެ ބަލިހާލަތުގެ ސަބަބުން އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަގުތީ އަމުރަކަށް އެދި އެމައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެފަދަ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު ޔަހުޔާ 2017 ވަނަ އަހަރު ރާއްޖެއިން ހައްޔަރުކޮށްފައިވަނީ ހަނގުރާމައަށް މީހުން ފޮނުވާ ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ޔާސިރުގެ ކައިވެނީގެ ވިސާ ކެންސަލްކޮށް އޭނާ ޑީޕޯޓްކޮށްލަން ސަރުކާރުން ވަނީ ނިންމައިފައެވެެ. އަދި ޑީޕޯޓްކޮށްލެވެންދެން އޭނާ ހުރީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގެ ބެލުމުގެ ދަށުގައެވެ. ޔާސިރު ރާއްޖޭގައި ކުރި ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން