މަސްވެރިންނަށް ދިމާވާ ހާދިސާތަކަށް އަވަސް ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، އެއާ އެންބިއުލާންސްގެ ހިދުމަތަށް ރައީސުލް ޖުމްހޫރިއްޔާގެ މި އިސްނެންގެވުމަކީ މުޅި ރާއްޖެއަށް އޭގެ މަންފާކުރާނެ ޚިދުމަތެކެވެ ކަމަށެވެ.

"އެއަރ އެމްބިއުލާންސަކީ މަސްވެރިންނަށް ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ވެސް އަވަސް ފަރުވާދިނުމުގައި އިތުރު ލުއި ފަސޭހަތައް ލިބިގެން ދާނެ ބޭނުންތެރި ޚިދުމަތެއް" މިނިސްޓްރީން ބުންފައިވެއެވެ.

އޭގެ އިތުރުން މިނިސްޓްރީން ބުނީ، ރައްޔިތުންނާ ގާތުން މިފަދަ ޚިދުމަތެއް ފޯރުކޮށް ދެއްވުމަކީ ތަރައްގީއަށް ކޮށޭ އިތުރު މަގެއް ކަމަށެވެ.



އެއަރ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށާނީ މިމަހު 15 ގައި ކަމަށް އައިލެންޑް އެވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވަނީ ވިދާޅުވެފައެވެ.

ސަލީމް ވިދާޅުވީ އެކަމަށްޓަކައި ސީޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން މިހާރުވެސް ބޭނުންޖެހޭ ޙާލަތުގައި ސްޓެރެޗަރ ޖަހައިގެން ސީޕްލޭންގައި ބަލި މީހުން އުފުލާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފެށި މަތިންދާބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި، ޞިއްޙީ އަވަސް ފަރުވާއަށް ބޭނުންވާ އާލާތްތައް ހަރުކޮށްފައިވާ ބޯޓެކެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށިއިރު ޑޮކްޓަރުންނާއި ނަރުހުންނާއި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންގެ މައްޗަށް އެކުލެވޭ 15 ޞިއްޙީ ޚިދުމަތްތެރިންގެ ޓީމެއް އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ހަރަކާތްތެރިވާނެކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން