އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމޭއިރު ކޮންމެ ދިވެހި ރައްޔިތަކީ މުއްސަންޖަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރ. މީދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މިރޭ ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނަށް އެންމެ މުހިންމު ކަމަކީ ރައްޔިތުން ފުދުންތެރިބަޔަކަަށް ހެދުން ކަމަށެވެ. އެގޮތުން ރިޔާސީ ދައުރު ނިމިގެންދާއިރު ކޮންމެ ދިވެހި ރައްޔިތަކީ މުއްސަނދި މީހަކަށް ހަދަން ބޭނުންފުޅުވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެންމެ މުހިންމީ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވެގެންދާން، ކޮންމެ ފަރުދަކު ކޮންމެ ރައްޔިތަކީ މުއްސަންޖަކަށްވާން އަޅުގަނޑު ބޭނުން، މިދައުރު ނިމޭއިރު،" ރައީސް ވިދާޅުވިއެވެ.



މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން އާމްދަނީގެ ގޮތުންނާއި، ފުދުންތެރިކަމުގެ ގޮތުންނާއި، ގެދޮރުވެރިކަން ހާސިލްވެ އިޖްތިމާއީ ގޮތުން އެ ލިބޭ އުފާވެރިކަމުން ހިތަށް ލިބޭ މުއްސަނދިކަން ހޯދައިދޭން ބޭނުންފުޅުވާ ކަމަށެވެ. އަދި ދިރިއުޅުން ފަހިވެގެން ގޮސް ދަރިންނަށް ބޭނުންވާ ކަންކަން ފަހިވެ އެ ލިބޭ އުފާވެރިކަމާއިއެކު، ރާއްޖެ އޮތީ ސަލާމަތްތެރިކަމާއި މިނިވަންކަމާއެކު އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަގީން ވެގެން އެ ލިބޭ އިހުސާސްގެ މުއްސަނދިކަން ރައްޔިތުންނަށް ހޯދައިދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.



"އެެއީ އަޅުގަނޑު ބޭނުންވާ އަމާޒަކީ މިގައުމު ގެންދަން، އެމަގުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އަޅުގަނޑު މި މަސައްކަތް ކުރަނީ،" ރަައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން