ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތް ހިންގާފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ނ. ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.

އެކަމާ ގުޅިގެން މިއަދު އެރަށު ކައުންސިލުން އާއްމުކުރި ނޫސްބަޔާނުގައި ބުނީ، ރައީސް އެރަށަށް ވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

"ކައުންސިލަށް އެ ހަފްލާ ސިފަވެގެން ދިޔައީ، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ވަޑައިގެން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުގަ" އެ ނޫސްބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ކެނދިކުޅުދޫ ކައުންސިލުން ބުނީ، އިންތިހާބަށް ކެމްޕޭން ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ އިދާރާތައް ބޭނުން ކުރުމަކީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެ ކައުންސިލުން ވަނީ އެންމެހާ ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން