ގެދޮރު ބިނާކުރުމަށް ލުއި ލޯނު ލިބުމުގެ މުހިންމުކަމާ ގުޅޭގޮތުން މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާއެކު ކުރެއްވި މި މަޝްވަރާ ބައްދަލުވުމުގައި މާޅޮސްމަޑުލު އުތުރުބުރީ ފައިނުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ،

ރ. މީދޫ ކައުންސިލުގެ އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ފައިނު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި އަލަށް ގޯތި ލިބޭ ފަރާތްތަކަށް ގެދޮރު ބިނާކުރުމަށް ލުއިގޮތެއްގައި ލޯނު ލިބޭނެގޮތެއް ހޯދުމުގެ މުހިންމުކަމާއި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ޕިކްނިކުގޮސް ހެދުމަށް ޚާއްސަކޮށް ރަށެއް އޮތުމުގެ މުހިންމުކަން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢޫލޫމާތުތައް ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން