ސަރުކާރުގެ ކުންފުނިތަކުގެ އިސްރާފުތައް ހުއްޓުވާފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.

ރ. މީދޫގެ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުންފުނިތަކުން ކުރާ އިސްރާފު މިހާރު ހުއްޓުވާފައިވާނެ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމުގެ މަސައްކަތް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމަށާއި ކުންފުނިތަކުގެ އިސްރާފެެއް މިހާރު ނުހިގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރު ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ވައްޓާލާފައި ކަމަށާއި ސަރުކާރު ކުންފުނިތައް ވެސް އޮތީ ވަރަށް ދެރަ ހާލަތެއްގައި ކަމަށެވެ. ކުންފުނިތަކާއެކު ސަރުކާރުގެ އިދާރާތަކާއި "އިސްރާފް" ހުއްޓުވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ސީދާ ރައްޔިތުންނަށް ފައިދާވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތައް ހަރުދަނާ ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ ކަމަށާއި ކުންފުނިތަކުން ކުރާ އިސްރާފު މިހާރު ހުއްޓުވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޖުމްލަ ގޮތެއްގައި މިހާރު ކުންފުނިތަކުގައި އިސްރާފެއް ނުހިނގާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކުންފުނިތަކުން އަމިއްލަ މީހުންނާއި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގެ ދަރަނި މިހާރު ވެސް އެބަ އޮތް ކަމަށާއި އެ ދަރަނިތައް ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ރަށުގައި ހިނގާ ބައެއް މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ވެސް ފައިސާ ނުދީ ހުރުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެހެންވެ މަޝްރޫއުތައް އަވަސް ކުރުމަށް އެ ފައިސާ ކުންފުނިތަކަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަަން ވެސް ރައީސް ހާމަކުރެއްވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން