ޕީއެންސީގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝްގެ މައްޗަށް ޖިނާއީ ދައުވާކުރުމަށް އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވަން ފުލުހުން ނިއްމައިފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު އާދަމް އާސިފް މިއަދު ވިދާޅުވެއްޖެއެވެ.
ހަޖަމު ޕްރޮގުރާމްގެ ޕްރެޒެންޓަރ އަހުމަދު ނަރީޝްގެ ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަނީ ގާނޫނުލް އުގުބާތުގެ 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމާއި ގާނޫނު ހިންގުމަށް ދަތިކުރުމުގެ ކުށުގައި ކަމަށެވެ. އަދި އެމައްސަލައިގެ ތަހުގީގު ނިއްމައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމައްސަލައިގައި ނަރީޝް އަށް ގާނޫނީ އިންޒާރު ދީފައިވަނީ މާސްކް ނާޅާ ހުރި ކަމަށް ބުނެ ކަމަށެވެ. އެހެން ނަމަވެސް ނަރީޝް ހައްޔަރުކޮށްގެން ބަންދާއި މެދު ގޮތެއް ނިއްމުމަށް ކޯޓަށް ހާޒިރުކޮށް ގާޒީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ނަރީޝް ހުރީ މާސްކް އަޅައިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި، އެހެންކަމުން އެމައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އާސިފް ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން މީގެ ހަތަރު ފަސް ދުވަސް ކުރިން ތިބޭފުޅުން ކޯޓުގައި ވެސް އެ އޮތީ އެއްބަސްވެފައޭ އޭނާ ( ނަރީސް) މާސްކް އަޅައިގެން ހުރި ކަމަށް އޭގެ ހަތަރު ދުވަސް ފަހުން އަނެއްކާ އިންޒާރެއް ދޭ އިރުގައި މީނާ މާސްކް ނާޅައިގެންނޭ ކިޔާފައި ދައުވާ ކުރެވިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ. އެކި މަރުހަލާގައި އެކިގޮތަށޭ ފުލުހުން ތި ވާހަކަ ދައްކަނީ އެހެންވީމަ އެތަން ބަދަލުކޮށްދިނުމަށް ރަސްމީކޮށްވާނީ އެދިފަ. އެދުނީމާ ފުލުހުން ވިދާޅުވީ އެތަން ބަދަލުކޮށްދެވޭ ކަން ނެތޭ މާސްކް ނާޅާ ހުރި މީހެއްގެ ގޮތުގައޭ އޭނާ ހުންނާނީ." އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ނަރީޝް ހައްޔަރުކުރީ އިދިކޮޅު ކޯލިޝަންގެ މުޒާހަރާ ލީޑް ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާތީ ކަމަށެވެ. އަދި އޭނާ މައްޗަށް ދައުވާ ކުރަނީ ގައުމުގެ ހައްގުގައި ޗެނަލް 13 ގެ ޕްރޮގުރާމްތަކުގައި ވާހަކަ ދައްކާތީ އޭނާގެ އަޑު ކަނޑުވާލައި ބިރު ދެއްކުމަށް ކަމަށް އާސިފް ވިދާޅުވިއެވެ.
"ފުލުހުން ބުނީ އަންނަ ހަފުތާގައި ނަރީޝްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާނަމޭ އަޅުގަނޑު ދެންނެވިން ކިހިނެއް ވެގެންހޭ އަހުމަދު ނަރީޝްގެ މައްސަލަ މިހާބޮޑުވެގެން މިއުޅެނީ، ތަހުގީގް ކުރިއަށް ދިޔައިރު ވެސް އެކި ކަހަލަ ފޯނު ކޯލް އާދޭ މީ ހަމަ ވަކި މީހަކު ހޮވާލައިގެން މީހަކު ފްރޭމްކުރުމަށް ސަރުކާރުން ހިންގާ ފިނޑި އަމަލެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ވަކީލު އާސިފް ވިދާޅުވިއެވެ.
ނަރީޝް ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަން އިން މަޖީދީމަގާ ޗާނދަނީމަގާ ގުޅުނު ކަންމަތީގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ. ނަރީޝް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު