ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންވީ ގުރުބާނީގެ އަގު ލިބެން ފަށައިފި ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން ވިދާޅުވީ، މިސަރުކާރުގައި އިންގިލާބީ ބަދަލުތަކެއް ފެންނަން ފަށައިފައިވާ ކަމަށެވެ. އަދި ހަލުވި ދުވެލީގައި ސަރުކާރު ކުރިޔަށްދާތަން ފެންނަމުންދާކަމަށް ޝައްމާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަރަނި ވެފައި އޮތް ގައުމު އަރަނިވަމުންދާތަން ފެންނަމުންދާ ކަމަށެވެ.



"ދުވެލި ހުރީ މިހާރުގެ ގޮތުން ބުނާ ނަމަ “މުއިއްޒު”ގެ ދުވެލީގަ. ދިވެހިން މިދިޔަ ރިޔާސީ އިންތިހާބުގަ ވީ ޤުރުބާނީ ގެ އަގު ލިބެން ފަށައިފި.”ޝައްމާން ވިދާޅުވިއެވެ.

ޝައްމާންގެ ޕޯސްޓުގައި ފައިސާ ޗާޕްކުރުން ހުއްޓާލުމާއި ރައީސް ނިންމެވި ނިންމެވުން ފާހަގަކުރައްވައި ތައުރީފް ކުރެއްވިއެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމަށެވެ. އެގޮތުން ފައިސާ ޗާޕްކުރުން ހުއްޓާލުން އެއީ ފަސޭހަ ނިންމުމެއް ނޫންކަމަށާއި، އެހެންނަމަވެސް އެކަން އެގޮތަށް ނުކުރާނަމަ މިއަދުވެސް ޤައުމުގެ މާލީ ހާލަތު އޮތް ވަރަށްވުރެ އިތުރަށް ގޯސްވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން