އަހުޒަމް އަޙްމަދު   3 މާރިޗު 2024 - 16:19
މ. މުލަކުގެ ގޮނޑުދޮށް ސަރަހައްދުގައި ފޮރުވާފައި ހުރި ބަނގުރާފުޅިތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ އެ ބަނގުރާފުޅިތައް ހޯދީ އެތަކެތި އެތެރެކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން މުލަކުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން މުލަކު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ފެބުރުވަރީ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރާދިމާ ހޭޅިފަށް ބަލައިފާސްކުރިއިރު ފޮށިގަނޑެއްގައި ފޮރުވާފައިހުރި 20 ފުޅި ބަނގުރާ ފެނުނު ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ،

އެ މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން