މެންޓަލް ހެލްތާ ގުޅޭ ގޮތުން މީޑިއާތަކުން އަަމަލުކުރަން ސުލޫކީ ގައިޑްލައިންއެއް އެކުލަވާލަން ނިންމައިފި އެވެ.

އެ ގައިޑްލައިން އެކުލަވާލަން ނިންމައި އެ މިންގަނޑަށް މީޑިއާގެ ބޭފުޅުން އަހުލުވެރި ކުުރުވަން ވޯކްޝޮޕެއްވެސް ބާއްވަން ނިންމާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އަދި އެ ވޯކްޝޮޕްގެ ބޭނުމަކީ މެންޓަލް ހެލްތާ ގުޅޭ ގޮތުން ރިޕޯޓްކޮށް ހެދުމުގައި މީޑީއާގެ ބޭފުޅުން ހޭލުންތެރިކަން އިތުރުކޮށް އަދި އެކަމާ ގުޅޭގޮތުން މީހުންނަށް އޮޅިފައި ހުންނަ މައުލޫމާތު ބުނެދިނުމާއެކު މެންޓަލް ހެލްތާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފަސް ޖެހޭ ފަސްޖެހުން މަދުކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ނަފްސާނީ މައްސަލަތަކަށް ފަރުވާދޭ ވަކި ހޮސްޕިޓަލެއް ވެސް އަޅަން ނިންމައިފަ އެވެ.

އެ ހޮސްޕިޓަލު އަޅަން ނިންމާފައި ވަނީ ލ. ގަމުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން