ކުރިއަށް އޮތް މަޖިލިސް އިންތިހާބު ފަސްކުރުމުން ރީ ރަޖިސްޓްރޭޝަނަށް އިތުރު ތިން ދުވަސް ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މަޖިލިސް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ނަމަވެސް ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާއިބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.

އެއާއެކު އިތުރު 560 މީހަކަށް ވޯޓު ލެވޭނެ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ރަސްއަށް ވިދާޅުވީ އިންތިހާބު ފަސްކުރުމުން ރީ ރަޖިސްޓްރޭޝަނަށް އިތުރު ތިން ދުވަސް ދޭނެ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބަށް ރީ ރަޖިސްޓްރޭޝަން ކުރިން ހުޅުވާލީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ދިނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން