ފައިލޭރިއާއިންރައްކާ ކެމްޕެއިންގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ.
ފައިލޭރިއާއިންރައްކާ ކެމްޕެއިންގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ.
ކްލޮރިން ބޭނުން ކޮށްގެން މަދިރިފަނި އާލާވުން ނުހުއްޓުވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ އެޗްޕީއޭއިން ބުނެފައިވަނީ އެކަމަށްއޮތް އެންމެ ރަނގަޅު ޙައްލަކީ މަދިރި އާލުވުމަށް ހުރި މަގުތައް ބަންދުކުރުން ކަމަށެވެ.

އެގޮތުން މަދިރިފަނި ނައްތާލުމަށް ޚާއްސަ ކެމިކަލް ހުންނަ ކަމަށާއި ކްލޮރިން ބޭނުން ކޮށްގެން މަދިރިފަނި އާލާވުން ނުހުއްޓުވޭނެ ކަމަށް އެޗްޕީއޭ އިން މަޢުލޫމާތުދެއެވެ.

“ޓެމިފޯސް ނުވަތަ ބީ.ޓީ.އައި ބޭނުންކުރުމުން މަދިރިފަނި ނައްތާލެވޭނެ.” އެޗްޕީއޭ އިން ބުނެފައިވެއެވެ.



މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާ މިދަނޑިވަޅުގައި މިފަދަ ބަލި މަޑުކަމަކުން އަރައި ގަނެވޭނީ އެންމެން ގުޅިގެން މަސައްކަތް ކުރުމުން ކަމަށްވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ފެންއުފެދޭ ގޮތަށް ހުންނަ ތަންތަން ސާފުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އަދި މަދިރި އާލާވުން މަދުރުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން