މާލޭ ސޯސަން ޖަންގްޝަންގައި ހުރި ހުންނަ ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އިއްޔެ އެ ހާދިސާ ހިނގީ ސަންގުރޭޒް އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްއެންޑީއެފުން ވަނީ އެ އަލިފާން ކޮންޓްރޯލްކޮށްފަ އެވެ.

އެ ހާދިސާގައި ބިދޭސީއެއްގެ ފައި ހަލާކުވެ، ދުމުގެ އަސަރުކުރި ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭގައި ފަރުވާދިނެވެ. ނަމަވެސް މާބޮޑު ގެއްލުމެއް ނުލިބެ އެވެ.

ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ އެ ހާދިސާއާ ގުޅިގެން ދިވެހި އަންހެނަކާއި އޭނާގެ ދަރިފުޅު، އަދި ބިދޭސީ ދެ މީހުން ވަގުތީ ހިޔާވަހިތަކަށް ގެންދިޔަ ކަމަށެވެ.

އެ މީހުންގެ ހާލު ރަނގަޅުަކަމަށް ވެސް ޑިޒާސްޓާ މެނޭޖްމަންޓުން ބުނެއެވެ.

އެ ހާދިސާގައި އިމާރާތަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ޑިޒާސްޓާއަކުން ނުދެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން