ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ އޭޕްރީލް މަހުގެ 21 ވަނަ ދުވަަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީސް އިންތިހާބު ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދޭން އީސީން، މިއަދު ރައީސް އޮފީހަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އިންތިޚާބު ބާއްވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދޭނެ ކަމަށް އީސީއަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނީ ތިބޭފުޅުން ނިންމާ އިއުލާންކޮށްފައޭ ތިއޮތީ. އެހެންވީމަ އަޅުގަނޑު އެ ދުވަސް ބަންދުކުރާނަމޭ." ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބު އާދިއްތަ ދުވަހެއްގައި ބާއްވަން ނިންމީ އެމަނިކުފާނު އެދިވަޑައިގެން ނޫންކަމަށެވެ. އަދި އެކަން އެމަނިކުފާނަށްވެސް އެނގިވަޑައިގަތީ ނޫސްތަކުންކަމަށް ރައީސް ވިދާޅުވިއެވެ.

"ގާނޫނުގައި އެގޮތަށް އޮތީމާ އެ ބޭފުޅުން އެ ގޮތަށް ހެދީކަމަށްވަނީ." ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް މިމޭރުމުން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ދުވަހާއި ޖެހިގެން އަންނަ ދުވަސްވެސް ބަންދުކުރަން އެދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބުނެފައެވެ.

މި މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް ރޯދަ މަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބާއިބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ، މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އިންތިހާބު އޭޕްރީލް 21 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން