އެމަނިކުފާނަކީ ކަންކަމުގައި އިތުރުފުޅު ހައްދަވައި ރައްޔިތުންނަށް އޮޅުވާލާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގެ ރައްޔިތުންނާއި މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮަޅުވާލަން ދޮގު ވާހަކަ ފަތުރަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެ މަނިކުފާނަކީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ނޫންކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް ރައްޔިތުންނާއި ނޫސްވެރިންނާއި ގާތުން މަސައްކަތް ކުރަށްވާ ބޭފުޅެއް ކަމަށާއި އޮޅުވާލަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި މަސައްކަތްކުރައްވާނީ ދެ ފުށް ފެންނަ ސަރުކާރެއް ހިންގުމަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ކިޔައިދީ ރައްޔިތުންގެ ފަޅީގައި ހުންނަވައި ރައްޔިތުންގެ ވެރިކަމެއް ކޮށްދެއްވާނެ ކަމަށެވެެ.

"އެއްވެސް ކަމެއްގައި ޖަވާބު ނުދެވޭ ކަމެއް އަޅުގަނޑަކަށް ކުރިމައްޗެއް ނުކުރެވޭނެ އެއްވެސް މީހަކަށް ވެސް އެއްވެސް ނޫސްވެރިއަކަށް ވެސް، ޓްރާންސްޕޭރެންޓް ދެ ފުށް ފެންނަ ސަރުކާރެއް ހިންގާނަމޭ އަޅުގަނޑު ދެންނެވީ ހަގީގީ މާނައިގައި ދެ ފުށް ފެންނަ ސަރުކާރެއް ހިންގާނީ، އެއްވެސް ކަމެއް ނޯންނާނެ ފޮރުވިފައެއް، ހުރިހާ ކަމެއް ސާފުކޮށް ކިޔައިދެމުން މިދަނީ ރައްޔިތުން ބޭނުން ސުވާލެއް އަޅުގަނޑާއި ކުރަން ފުރުސަތު ދީފައި މިއޮތީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު އެމްޑީޕީން ބުނަމުން ގެންދަނީ މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލައިގެން ކަމަށެވެ. އަދި ސަރުކާރުގައި ތިބެގެން ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލަމުންދާ ކަމަށް އެމްޑީޕީން އަންނަނީ ބުނަމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން