މާޅޮސްމަޑުލު އުތުރުބުރީ މާކުރަތުގެ ތަރައްޤީގެ ބައެއް މުހިންމު މަސައްކަތްތައް އަވަސްކޮށް ދިނުމަށް އެރަށު ކައުންސިލުން އެދެފިއެވެ.

މާކުރަތު ކައުންސިލުން މިކަމަށް އެދުނީ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން، އެރަށު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ރ. ދުވާފަރު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި މާކުރަތު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މުހިންމުކަމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރުގެ މަސައްކަތް އަވަހަށް ނިންމުމާއި ޞިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ދަތިކަމުގެ އިތުރުން އޮފީސް ކޮމްޕްލެކެސްއެއް ގެ މުހިންމުކަމާއި ސްކޫލަށް މަލްޓިޕަރޕަސް ހޯލެއްގެ މުހިންމުކަން މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުންވެސް ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކަމާގުޅުންހުރި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން