ކުރީ ސަރުކާރުގައި ރޯޑް ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހިޔާނާތުގެ މައްސަލައިގައި ތިން މީހުންގެ އެކައުންޓުގައި 14 މިލިއަން ރުފިޔާ ދައުރުކުރި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނެފައި ވަނީ، އެ މައްސަލައިގައި އޭސީސީއާ ގުޅިގެން ހިންގި ތަހުގީގަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ، 2022 ވަނަ އަހަރު އެ މައްސަލަ ހުށަހެޅުމާ ހިސާބުން ފެށިގެން މައްސަލައިގެ ޓެކްނިކަލް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ސަރުކާރު މުވައްޒަފުންގެ ބައިވެރިވުންވެސް އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ތިން މީހެއްގެ ބައިވެރިވުން އޮތް ކަމަށް މިހާތަނަށް ޔަގީންވެފައި ވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންގެ އެކައުންޓުގައި 14 މިލިއަން ރުފިޔާ ދައުރު ކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ. އަދި އެތަނުން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ފައިސާތައް ހަރަދު ކޮށްފައިވާ ކަމަށް ޝައްކު ކުރެވެނީ އަމިއްލަ ބޭނުންތަކަށް ކަމަށެވެ. އަދި 216 ޓްރާންސެކްޝަނެއް ހިންގަން އެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން