ފާތިމަތު ނަޒީފާ އަޙްމަދު   4 މާރިޗު 2024 - 2:15
މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކުރައްވަން ފެއްޓެވި ދަތުރުފުޅު ތަކުގައި މިހާތަނަށް 100 ކައުންސިލަކާ ބައްދަލު ކުރެއްވިެއްޖެ ކަމަށ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރ. ރަސްގެތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މަގުހެދުމާ، ފެނާ ނަރުދަމާގެ ޚިދުމަތް އިތުރު ގޭބިސީތަކަށް ދޭން ބޭނުންވާކަމާއި ސްކޫލުގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އަވަހަށް ކުރެވޭގޮތް ވުމާއި ކަލްޗަރަލް ސެންޓަރެއްގެ މުހިންމުކަމާއި އަދި އޮޑިއެހެލާ ސަރަހައްދެއްގެ މުހިންމުކަން ހިމެނެއެވެ.



މީގެ އިތުރުންވެސް ކުޑަކުދިންގެ ޕާކް އަދި ފުޓުބޯޅަ ދަނޑުތަރައްޤީކުރުމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނެރުގެ މަސައްކަތްކުރާއިރު އޮޑިއެހެލާ ސަރަޙައްދުގެ މަސައްކަތް ކުރިޔަށްގެންދަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރުމަކީ ވަރަށް އިސްކަމެއްދެއްވާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން