މާލޭގައި މަރުވި މީހެއްޖެ ޖަނާޒާ ބާއްވަނީ، ފޮޓޯ:އެޗްޕީއޭ
މާލޭގައި މަރުވި މީހެއްޖެ ޖަނާޒާ ބާއްވަނީ، ފޮޓޯ:އެޗްޕީއޭ
ކޯވިޑް19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށްފަހު މައްޔިތާ ވަޅުލުމަށް ޢާއިލާތަކުގެ ފަރާތުން އިސްކަންދިނުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިހާލަތުގައި ރައްކާތެރިކަން އިސްކޮށް ކަށުކަމާ ކެމީގެ ކަންކަން ކުރިއަށް ގެންދިއުމަކީ ވަރަށްބޮޑަށް އެދޭކަމެއްކަމަށެވެ. މާލެ ސަރަހައްދަކީ ކޯވިޑްގެ ބަލިމަޑުކަން އެންމެބޮޑަށް ފެތުރެމުންދާ ސަރަހައްދަށްވާތީ މާލެ ސިޓީގެ މިސްކިތްތަކުގެ ތެރެއިން، މާލޭގައި ކަށު ނަމާދު ކުރާނީ، "މަސްޖިދުއް ތަޢާވުނި" (އާސަހަރާ މިސްކިތް) ގައި ކަމަށާއި ކޮޑިވް ބަލީގައި މަރުވާ މީހުންގެ ކަށުނަމާދު ކުރާނީ ހުޅުމާލެ ސަހަރާ ގޯތިތެރޭ (ހިނަވާގެ ފެންޑާ) ގައި ކަމަށެވެ.

އާސަހަރާ މިސްކިތުގައި ކަށުނަމާދު ކުރެވޭނީ ފަރުޟު ނަމާދުގެ ޖަމާޢަތާ ދިމާނުވާގޮތަށް، ނަމާދަށް ބަންގި ގޮވާ ވަގުތުން ފެށިގެން ބައިގަޑިއިރު ފަހުންނެވެ. އަދި މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ވީ އެންމެ އަވަހަކަށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ނިންމުމަށްފަހު، މައްޔިތާ ވަޅުލުމަށް، މައްޔިތާގެ ޢާއިލާގެ ފަރާތުން އިސްކަން ދެއްވަންވާނެކަމަށާ، ޖަމާޢަތްތެރިން އެގޮތަށް އެކަން ކުރަމުންދާނެ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ބުނީ މައްޔިތާ އާސަހަރާއަށް ގެނައުމަށްފަހު، ހިނަވާގޭގައި މައްޔިތާ ބޭއްވޭނީ ގިނަވެގެން 3 ގަޑި އިރުވަންދެން ކަމަށެވެ. އަދި މައްޔިތާގެ ޖަނާޒާގައި ބައިވެރިވުމަށްދާ މީހުން ހިނަވާގެ އެތެރެއާއި ސަހަރާގެ ގޯތިތެރޭގައި އުޅޭއިރު، އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް ވަނީ އަންގާފަ އެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައި އަނެއްކާވެސް ބޮޑުވެ، ބަލިޖެހޭ މީހުން އިތުރުވަމުންދާތީ ދީފައިވާ ލުއިތަކަށް އިތުރުފިޔަވަޅު އެޅުމާއި ގުޅޭގޮތުން މިހާރު ދަނީ އަނެއްކާވެސް މަޝްވަރާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން