ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ޔުނީފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަމުން ގެންދާ ކަމަށެވެ. އެގޮތަށް ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފައްދައި ދޮގު ފެތުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި އިންޑިޔާ ސިފައިން ނުތިބޭނެ ކަމަށެވެ.

"ޔުނީފޯމް ގަތޯ، ކުލަ ހެދުމުގަތޯ އެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ. އެކަން ޔަގީންކަމާ އެކު ދަންނަވަން." ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާއިން އެއްބަސްވެފައިވާއިރު ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އިންޑިއާގެ ތިން އުޅަނދުގެ ތެރެއިން ދެ އުޅަނދެއްގައި ހަރަކާތްތެރިވާ ސިފައިން މި މަހު 10ގެ ކުރިން ގެންދިޔުމަށާއި އަނެއް ދެ އުޅަނދުގެ ސިފައިން 10 މޭގެ ކުރިން އިންޑިއާ އަށް ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

އިންޑިޔާގެ ސިފައިން ގެންދިޔުމަށްފަހު އުޅަނދުތައް ދުއްވަން އެގައުމުން މަދަނީ މީހުން ގެންނަން ސަރުކާރުން ވަނީ ނިންމާފައެވެެ. އެގޮތުން އޭގެ ފުރަތަމަ ޓީމު މިހާރު ވަނީ ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން