ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލު ބޮޑު ނުވާނެ ގޮތް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން އެ ނިންމުން ނިންމިކަން ހާމަކުރީ ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރަމަޟާން މަހު ފެންބިލާއި ކަރަންޓު ބިލު އިތުރަށް ބޮޑު ނުވާނެ ގޮތަށް ކެޕް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެން މަސްތަކާއި ހިލާފަށް ރަމަޟާން މަހު ކަރަންޓު ބިލާ ފެން ބިލް ބޮޑުވުމުން ރައްޔިތުން ވަރަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމަަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރަށްވުރެ ބިލުތައް ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"އާންމު މަހެއްގައި ހުންނަ ވަރަށް ރަމަޟާން މަހު ފެނާއި ކަރަންޓު ބިލު ހުންނާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ސްޓެލްކޯއާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީއާ ވެސް އެކަމުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އެ ކުންފުނިތަކުގެ ވެރިން އެކަމަށް އެއްބަސްވެފައި ވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން