އިންނަމާދޫ ރައްޔިތުން އެދޭ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުންނާއި، ފެށުމަށްފަހު މަސައްކަތް ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތް އަލުން ފަށައިގެން ކުރިޔަށްގެންދިއުމުގެ ބޭނުންތެރިކަމާ ގުޅޭގޮތުން އެރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ރ. އިނގުރައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފްލެޓް އަޅަން ބޭނުންވާކަމާއި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމާއި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށުގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ގާއިމުކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

އަދި މި ބައްދަލުވުމަށްފަހު ފައިނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން