އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަމުގެ މަގާމުން ވަކިކޮށް "އެއްލާލަން" އުޅުނީ ހަށިގަނޑުގެ އެއްބައިގެ ގޮތުގައި ދުށް، އެމްޑީޕީންކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެމްޑީޕީ އަކީ ހަށިގަނޑުގެ އެއްބައިގެ ގޮތުގައި ދުށް، ޕާޓީއެއް ކަަމަށެވެ. އެކަމަކު އޭނާ މަގާމުން ވަކިކޮށް އެއްލާލަން އުޅުނީ އެމްޑީޕީން ކަމަށް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ އޭނާ އެތެރެހަށި ކޮނެލައިފިނަމަ އެމްޑީޕީ ނޫން އެއްޗެއް ނުފެންނާނެ ކަމަށެވެ. އެގޮތުން އެމްޑީޕީ އާއި ޑިމޮކްރެޓްސްގައި ވެސް ތިބީ ފެށިގެން އައި އިރު އޭނާއާ އެއް ވިސްނުމެއްގައި މަސައްކަތް ކުރި ވަރަށް ގާތް މީހުން ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެމްޑީޕީން އިންސާފުވެރިވާނެ ކަމަށް ގަބޫލުކުރެއްވި ކަމަށެވެ. އަދި މަގާމުގައި ދެމިހުރެވުނީ "ކިރިޔާ" ކަމަށް ފުއާދު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭރުކޮށްލަންވެގެން، އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުން އެއްލާލަންވެގެން މަސައްކަތް ކުރި ތިން މެމްބަރުންގެ ފަހަތުގައި ތިބީ އެމްޑީޕީ ކަން. އެއީ އަޅުގަނޑުގެ އެއްބައި ގޮތަށް އަޅުގަނޑު ދެކޭ ޕާޓީއެއް އެމްޑީޕީއަކީ. އަޅުގަނޑު މިނިވަން މުއައްސަސާއެއްގައި ހުންނާތީ މިވަގުތު އެއްވެސް ޕާޓީއެއްގައި ނުހުރެވޭނެ." ފުއާދު ވިދާޅުވިއެވެ.

ފުއާދު މިހެން ވިދާޅުވެފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރަކު އިސްކޮށް ތިއްބަވައިގެން ފުއާދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ވަނީ ނަގާފައެވެ. އަދި ފުއާދު އިސްކޮށް ހުންނަވައިގެން ބާއްވަވާ ބައްދަލުވުންތައް އެ ތިން މެމްބަރުން ބޮއިކޮޓް ކުރައްވާތީ ކޮމިޝަންގެ ބައްދަލުވުންތަކެއް މެދުކެނޑިގެންދިޔައެވެ.

ކޮމިޝަންގެ މެމްބަރުންތަކެއް ފުއާދު އާ ދެކޮޅަަށް ނުކުންނެވީ މިދިޔަ އަހަރުގެ ތެރޭގައި ޑިމޮކްރެޓްސް އުފެއްދުމުގައި ކޮމިޝަންގެ ތެރޭގައި ހިނގި ހިޔާލު ތަފާތުވުންތަކާއި ގުޅިގެންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން