އިންވެސްޓަރުންނަށް އިތުބާރު ހޯދައިނުދީ ރާއްޖެއަށް ދެން އާމްދަނީ އިތުރުނުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބ. ކެންދޫގެ ރައްޔިތުންނާއި މިއަދު ހަވީރު ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިގްތިސާދުގައި ބުންވަރު ޖެެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެެވެ. އަދި ރާއްޖެއަށް އިންވެސްޓަރުން އައުމަށް އެ އިންވެސްޓަރުންނަށް އިތުބާރު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އިންވެސްޓަރުންނަށް އިތުބާރާއި ޔަގީންކަން ހޯދައިނުދީ ރާއްޖެއަށް ދެން އާމްދަނީ އިތުރު ނުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެއިންވެސްޓަރ ކޮންފިޑެންސް ނުހޯދައި ދެން ރާއްޖެއަށް އާމްދަނީ އިތުރެއް ނުވާނެ، ޓޫރިޒަމް ދާއިރާގައި ވެސް މީ ބަޔޮސްފިޔާ ރިޒާވެއް އޮންނަ އަތޮޅެއް، މި މުޅިއަަތޮޅުގެ ބަޔޮސްފިޔާ ރިޒާވްގެ ފުލް ބޭނުން ކެޕިޓަލައިސްކޮށް އޭގެ ރީތިކަމުގައި ޓޫރިޒަމް އިތުރަށް ފުޅާކޮށް އެކަން ވެސް ކުރާނެ އިތުރު އިންވެސްޓަރުން އަންނާނީ އިންވެސްޓަރުންނަށް ކޮންފިޑެންސް ލިބިގެން. އެހެންވީމަ އެ މަސައްކަތް މިކުރަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން