ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީ ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އެވެ. ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެގައުމުގެ އަސްކަރިއްޔާގެ އިސް ބޭފުޅެއް ކަމަށްވާ މޭޖާ ޖެނެރަލް ޒަންގް ބައޯގުން އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ޗައިނާއިން އަސްކަރީ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭ ކަމަށެވެ. މި އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ދީފައެއް ނުވެއެެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު ޗައިނާއާއެކު އޮންނަ ގުޅުން ދަނީ ވަރުގަދަވަމުންނެެވެ. ރައީސް މުޢިއްޒު ވެެރިކަމަށް ވަޑައިގަތުމަށްފަހު ދާދި ފަހުން ޗައިނާ އަށް ވަނީ ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން