ކުރިއަށްއޮތް ރަމަޟާންމަހު ރާއްޖޭގެ ސްކޫލްތަކުގައި ކިޔެވުން ކުރިއަށްދާނެ ގަޑިތައް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެ މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުން ރަމަޟާންމަހު ހެނދުނު 08:30އާ 09:00އާ ދެމެދު ކިޔެވުން ފަށަންޖެހޭނެ ކަމަށެވެ. އަދި މީގެ އިތުރުން ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުން ހެނދުނު 08:30ގައި ކިޔަވައިދޭން ފަށަން ޖެހޭނެ ކަމަށާއި، ކިޔެވުން ނިންމާނެ އެންމެ ލަސް ގަޑިއަކީ 15:00 ކަމަށް ވެސް މިނިސްޓްރީގެ ސާކިއުލާގައި ވެއެވެ.

އޭގެ އިތުރުން ރަމަޟާން މަހު ޓީޗަރުންގެ މަސައްކަތު ގަޑި ހަތަރު ގަޑިއިރަށް ވުރެން ދިގުނުވާނެ ގޮތަށް ހަމަޖެއްސުމަށާއި އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި ވެސް ސްކޫލްގެ ކިޔެވުން ކުރިއަށްދާ ވަގުތުތަކުގައި ލިބޭނެގޮތަށް އިންތިޒާމު ކުރުމަށް މިނިސްޓްރިންވަނީ ސްކޫލްތަކަށް އަންގާފައެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ ގަޑިތައް ރަމަޟާން މަހާއި ދިމާކޮށް މަދުކުރުމަކީ އާންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން