ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެެ މެމްބަރު މުހަންމަދު ސައީދު
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެެ މެމްބަރު މުހަންމަދު ސައީދު
ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން މިހާތަނަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާއިރު ނަތީޖާ ނުނެރެވޭ ސަބަބު އެޗްޕީއޭ އަށް ސާފުވާނެ ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެެ މެމްބަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާއި ގުޅިގެން ދައުލަތުން ކުރި ހޭދައަށް، ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު ނަތީޖާ ނުނެރެވޭ ސަބަބު އެޗްޕީއޭ އަށް ސާފުވާނެ ކަމަށެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ދެސަރުކާރެއް އުފެދި، ދެ ގޮތަށް ބަސް ބުނެ ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވުމަށް ސައީދު ވަނީ ގޮވާލައްވާފައެވެ.

"މިކަމުގައި މުޅި ގައުމު ފުނޑިގެންދާތަން މިފެންނަނީ." ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ޓެގް ކުރައްވައި ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ސިފަކުރާ ގޮތުގައި ސަރުކާރުން ކުރާ މިފަދަ ކަންކަމުގެ ރަނގަޅު ނަތީޖާ ފެންނަމުން ނުދަނީ މިހާރުގެ ސަރުކާރު ހިނގަމުންދަނީ ދެ ސަރުކާރެއްގެ ގޮތުގައި ކަމުގައިވާތީ މި ދެސަރުކާރުގެ ވެރިންގެ މެދުގައި ވެރިކަމުގެ ވާދަވެރިކަމެއް ހިނގަމުންދާތީއެވެ.

ކޮވިޑާއި ގުޅިގެން ވަސީލަތްތައް ހޯދުމާއި ބަލި ފެތެރުން ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމާއި ފެސިލިޓީ ގާއިމްކުރުމާއި ކޮވިޑާއި ގުޅިގެން ކޮށްފައިވާ އެކި ޚަރަދުތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. މިކަމާއިމެދު އިދިކޮޅު ފަރާތްތަކުން ފާޑު ވިދާޅުވަމުން ދާއިރު ކޮވިޑާ ގުޅިގެން ސަރުކާރުން ކުރަމުން ގެންދާ ހޭދައާއި ބެހޭ މައުލޫމާތު އެކުލެވޭ ތަފުސިލީ ހިސާބު ހަފުތާއަކު އެއްފަހަރު ސަރުކާރުން އާންމު ކުރަމުން ގެންދާކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން