ކުރިއަށް އޮތް ރޯދަ މަހު މާލޭގައި ކައިވެނި ކޮށްދޭ ގަޑިތައް އާންމުކޮށްފި އެވެ.

ފެމެލީ ކޯޓުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރޯދަ މަހު ކައިވެނިކޮށްދޭނީ ރަސްމީ ދުވަސް ތަކުގައި ހެނދުނު 9:30 އިން 12:30 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ކަމަށެވެ.

އޭގެ އިތުރުން ކޯޓުން ބޭރުގައި ހަފްތާއަކު ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށް ވެސް ކައިވެނިކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.

ރޯދަ މަހުގެ އިތުރުން ޝައްވާލު މަހު ކައިވެނިކޮށްދޭ ގަޑިތައް ވެސް ފެމެލީ ކޯޓުން ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކޯޓުގައި ކައިވެނިކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:30 އިން 12:30 އަށް އަދި ހަވީރު 16:00 އިން 17:30 އަށް ކަމަށް ފެމެލީ ކޯޓުން ބުނެއެވެ. ނަމަވެސް އެ ދުވަސްތަކުގައި ވެސް ކޯޓުން ބޭރުން ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރަކުން 5:30 އަށް އަދި ރޭގަނޑު 07:30 އިން 09:30 އަށް ވެސް ކައިވެނިކޮށްދޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން