ރާއްޖެއިން ކޯވިޑް19 އަށް މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެ، މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 215 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ބުނީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 215 މީހުންގެ ތެރެއިން 214 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންކަމަށެވެ. ޕޮޒިޓިވްވި އަނެއްމީހާއަކީ އަތޮޅުތަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 4164 އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 159 ދިވެހިންނާއި، ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 7 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، ނޭޕާލްގެ 2 މީހެއްގެ އިތުރުން ފިލިފީންސް މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 30 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2643 އަށް އަރާފައެވެ. އަދި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 1489އަށް އަރާފައެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 79 މީހަކަށެވެ. މިހާތަނަށް އެންމެ ގިނަ މީހުންނަށް ބަލިޖެހުނުކަން ރިޕޯޓްކޮށްފައިވަނީ މި ބަލީގެ އެންމެ ޕީކް ބޮޑުކަމަށް ބެލެވުނު ދުވަސްވަރުއެވެ. އެއީ އޭޕްރިލްމަހުގެ 30 ވަނަދުވަހުއެވެ. އެދުވަހު 179 މީހުން މި ބައްޔަށް ޕޮޒިޓިވްވިނަމަވެސް މީގެތެރޭގައި ހިމެނުނު ދިވެހިންގެ އަދަދަކީ އެންމެ ނުވައެކެވެ.


ކިޔުންތެރިންގެ ހިޔާލު


6

މަށޭކިޔާހޭ

03-Aug-2020

އަމިއްލަ ކައްވަޅު އަމިއްލައަށް ނުކޮނެ ވާން އޮއްވަ ބަސްނާހާ އުޅޭކަށް ނުވާނެ، ބަލިޖައްސާ ބަލިފެތުރުމުގެ ބައިވެރިޔަކަށް ތިމާނުވެ ސިއްހީމާހިރުން ދެއްވާ ލަފަޔާއި އިރުޝާދު ގަބޫލުކޮށް އެ ބޮލާލައި ނުޖަހާ ވެސް އުޅެވިދާނެ.


-5

ޑިމޮކްރަސީ

03-Aug-2020

ދިވެހިިން ތެޅިބާލަނީ ބަލިނުޖެހިގެން އެހެންވީމަ ވާގޮތް އެއީ



ޓްރެންޑިން