މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން އަތޮޅުތެރެއަށް ކުރަމުން ގެންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން މިއަދު އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގަތީ ކުރީ ސަރުކާރުން ވުޖޫދައް ގެނުވި އާރް.ޓީ.އެލްގައި ބާރު ސްޕީޑްގައި ކަމަށް ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޤައުމީ ފެރީގެ ޚިދުމަތުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލްގެ ޚިދުމަތަކީ ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ކުރީ ސަރުކާރުން ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފެށި ޚިދުމަތެކެވެ. ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، އޭރުގެ ސަރުކާރުން އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށީ، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މި ޚިދުމަތް ދިނުމަށް 82 ސްޕީޑްފެރީ އުޅަނދު ބޭނުންކޮށްގެންނެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ތައާރަފް ވުމާއިއެކު، ކުރީގެ އެމްޑީޕީ ސަރުކާރުގެ ބައެއް ދަތުރުތަކުގައި މިޚިދުމަތް ބޭނުންކޮށްފައިވެއެވެ. އަދި މިހާރުގެ މައި އިދިކޮޅު ޕާޓީގެ ގޮތުގައި މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީ މެމްބަރުން ކުރައްވާ ދަތުރު ތަކުގައިވެސް އާރް.ޓީ.އެލްގެ ޚިދުމަތް ބޭނުންކުރަމުންދާކަމަށް އެޕާޓީން ބުނެއެވެ.

އެގޮތުން މިއަދު މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް، އައްޑޫ ސިޓީ ފޭދޫއަށް އެމްޑީޕީގެ އިސް މެމްބަރުން ވަޑައިގަތީ އާރް.ޓީ.އެލް ފެރީގައި ކަމަށް ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވަނީ އާރް.ޓީ.އެލްގެ ފެރީގައި ޝާހިދާއި، އެމްޑީޕީން ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވައި، އައްޑޫ ސިޓީ ފޭދޫއަށް ލެފީ ފަސޭހަ ދަތުރަކަށް ފަހު ކަމަށް ވިދާޅުވެފައެވެ.



މީގެއިތުރުން ގައުމުގެ މިސްރާބު ހަމަމަގަށް ގެނައުމަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭނުގެ ދަށުން، އައްޑޫ ސިޓީ ވެގެންދާނީ އެންމެ ކުރީ ސަފަށް ނިކުންނަ ސިޓީއަކަށް ކަމަށް ޝާހިދު ފާހަގަކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން