ކޯވިޑް-19ގައި ނިޔާވި މީހެއްގެ ޖަނާާޒާ ކުރިއަށްދަނީ
ކޯވިޑް-19ގައި ނިޔާވި މީހެއްގެ ޖަނާާޒާ ކުރިއަށްދަނީ
ކޯވިޑް-19 ޖެހިގެން ރާއްޖެ އިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް-19 ޖެހިގެން މިރޭ ނިޔާވެފައި ވަނީ އުމުރުން 89 އަހަރުގެ ދުވަސްވީ ފިރިހެނެއް ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެރޭ 08:57 ގައި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އޭނާ ނިޔާވިއިރު ފަރުވާދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ.

މިއީ ރާއްޖެ އިން ކޯވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިޔާވި ދެވަނަ މީހާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން