މުލަކުއަތޮަޅު ދިއްގަރުގައި މި އަހަރުގެ ތެރޭގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރަށްވައިފިއެވެ.

ދިއްގަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ އެރަށުގައި މި އަހަރުގެ ތެރޭގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ވެސް އިތުރު ހައުސިން މަޝްރޫއުތައް ދިއްގަރުގައި ހިންގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ދިއްގަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ދިއްގަރު ބަނދަރު އިތުރަށް ބޮޑު ކުރުން ނުވަތަ އާ ބަނދަރެއް ހެދުމާއި އެރަށުގެހިއްކި ބިމުގައި ގެދޮރުވެރިކަން ގާއިމުކުރުމަށް ފެނާއި ނަރުދަމާ ފަދަ ވަސީލަތްތައް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގެދޮރު ބިނާ ކުރުމުގެ މަޝްރޫއުތައް ހިންގުމާއި ސްކޫލްގައި މަލްޓި ޕާޕަސްހޯލެއް ގާއިމުކުރުމާއި އަދި މަގުތައް ހަދައި ތަރައްގީ ކުރުމާއި

ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން އޭޓީއެމެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން