ކައުންސިލްތަކަށް ކުރިއެރުން ހޯދައިނުދެވިއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެެ.

ރައީސް މުލަކު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގެ ތެރެއިން މ. ދިއްގަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މަގާމުގައި ހުންނަވައިގެން ކައުންސިލްތަކަށް ކުރިއެރުން ހޯދައިނުދެވޭނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށާއި އެ ހިތްވަރު އޭނާގެ ކިބައިގައި ހުންނާނެ ކަމަށެވެ.

"ކައުންސިލްތަކަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ދުވަހަކު ވެސް ނުލިބޭ ވަރުގެ ކުރިއެރުން ތަކެއް ހޯދައިދޭނަން، އެކުރިއެރުންތައް ނުލިބޭ ކަމަށް ވައްޏާ އަޅުގަނޑު ވެސް އިސްތިއުފާ ދޭނެ. އެވަރުގެ ހިތްވަރު ވެސް ހުންނާނެ." މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް މުޢިއްޒު އަކީ ލާ މަރުކަޒީ ނިޒާމްގެ ޗެމްޕިއަން ކަން ހޯއްދެވި ބޭފުޅެއް ކަމަށާއި އެކަން މިއަދު ކައުންސިލްތަކުންނާއި އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ލޯކަލް ކައުންސިލްތައް ހިންގުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގު ކޮއްޓެވި ވަރަށް ފުރުސަތުތައް ފަހިކޮށްދެއްވި ވެރިޔަކު ނުހުންނަވާނެ ކަމަށާއި އެކަމާއި މެދު ޝައްކު ނުކުރަށްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރިޔަސް ރައީސްގެ ވިސްނުންފުޅުގައި ހުންނެވި ލާމަރުކަޒީ ނިޒާމްގެ ތަސައްވުރުގައި ކުލަ ނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން