ހުޅުމާލޭގެ ފޭސް 2 ގައި ވަގުތީ ލޯކަލް މާރުކޭޓް ހިންގުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުރިން ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށެވެ.

އެހެންކަމުން އެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 9 ވަނަ ދުވަހުގެ 9:00 އާއި 11:00 އާއި ދެމެދަށް މިހާރު ހުޅުވާލެވިފައިވާ ކަމަށް ވަނީ ބުނެފައެވެ.



އެ ކުންފުނިން ބުނީ ގޮޅިއަށް އެދޭ ފަރާތްތަކުގެ ގުރުއަތު ނެގުން ވެސް އޮންނާނީ 9 ވަނަ ދުވަހުގެ 11:00 ގައި ހުޅުމާލެ ގާސީ ސްކޫލް ހޯލްގައި ކަމަށެވެ.

އެޗްޑީސީން ދޫކުރާ ވަގުތީ މި ގޮޅިތަކަކީ 2 މަސް ދުވަހުގެ މުއްދަތަށް އެއްވެސް ކުއްޔަކާއި ނުލަ ދޫކުރާ ގޮޅިތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން