މިއަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވ.ފެލިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ގެދޮރުވެރިކަމުގެ ހައުސިން އަމަލީ މަޝްރޫއުތައް ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަތޮޅުތަކުގައި 40،000 ހައުސިން ޔުނިޓްގެ މަޝްރުއޫ މި ދައުރުގައި ކުރިއަށް ގެންދިޔުން ނިއްމާފައިވާ ކަމަށެވެ. އަދި ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ މީހުންނަށް ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ހިންގާ މަޝްރޫޢުތައް އަދި ގެދޮރު އެޅުމަށް ލޯނު ދޫކުރުމުގެ މަސައްކަތްވެސް ފައްޓަވާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވ. ފެލިދޫގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ ރަށަށް ބިން އިތުރު ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު މިއަހަރު ފަށައި، އެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވަނީ ފެލިދޫގައި ސިއްހީ ހިދުމަތް ރަނގަޅުކުރުމާއި ސްކޫލްގެ ޖާގަ އިތުރުކުރުމުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަން ވެސް ރޭ ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން